twitterviber whatsapp telegramfacebookyoutube instagram
25th May 2025

ޒިގްޒެގްގެ ޗެއަރމަނަކަށް ރޯޒޭ އިންތިހާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 28, 2019

ކުޅުދުއްފުށީ: ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމެޓީ އިންތިހާބުކޮށްފި އެވެ. ހިންގާ ކޮމިޓީ އިފްތިތާހްކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލް ހޯލުގައި އެވެ.

އެ ޖަމިއްޔާގެ ކުރިއަށްއޮތް ދައުރުގެ ޗެއަރމަންއަކަށް އިންތިހާބުކޮށްފައިވަނީ އިރުވައިގެ އަހުމަދު އަބުދުﷲ އެވެ. ވައިސް ޗެއަރމަނުންނަށް ދެ މެމްބަރަކުން އިންތިހާބުކޮށްފައިވެ އެވެ. އެއީ ލެހެރާ، ސައުދުﷲ ނައީމާއި ލޮޓަސްގެ، އަންވަރު އާދަމެވެ.

އިންތިހާބުކުރި އިތުރު މަގާމުތަކަށް ބަލާއިރު އެޑްމިނިސްޓްރޭޓިވް އޮފިޝަލަކަށް މުހައްމަދު އަލީ އިންތިހާބުކުރިއިރު ސެކްރެޓަރީއަކަށް ހޮވީ އިބުރާހިމް އާސިފެވެ. ޓްރެޒަރާއަކަށް އަލީ އަހުމަދު ހޮވިއިރު އެސިސްޓެންޓް ޓްރެޒަރާއަކަށް ހޮވީ އަހުމަދު ޝަރީފެވެ.

އެގްޒެކިއުޓިވް މެމްބަރުންގެ ގޮތުގައި ފަސް މެމްބަރަކު އިންތިހާބުކޮށްފައިވެ އެވެ. އެއީ މުހައްމަދު ޖަމްޝާދު، އިބުރާހިމް އިސްމާއިލް، އަބޫބަކުރު އަލީ، އަބުދުﷲ އާދަމް އަދި މުހައްމަދު އަބޫބަކުރެވެ.

އިފްތިތާހީ މި ބައްދަލުވުމުގައި ތިންވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި ޖަމިއްޔާގެ ފައުންޑަރ މެމްބަރުންވެސް ބައިވެރިވި އެވެ. މި ޖަމިއްޔާގެ ފުރަތަމަ އިފްތިތާހީ ބައްދަލުވުން ބާއްވާފައިވަނީ 2010 އަހަރުގެ ޖޫންމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355