twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޯޅަދަނޑުގައި ވިނަ އިންދުމުގައިވެސް ގޮއިދޫ ރައްޔިތުން ދެއްކީ އެއްބައިވަންތަކަން!

އަބްދުލް ވާހިދު ޙަސަން
Jul 29, 2019

ށ ގޮއިދޫގައި ހަދައި އާ ފުޓްބޯޅަ ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތް ނިންމާލައިފި އެވެ. ވިނަ އިންދުމަށް މަސައްކަތް ނިންމާލާފައިމިވަނީ އެމަސައްކަތް ފެށިތާ ނުވަ ދުވަސް ފަހުންނެވެ.

މި މަސައްކަތުގައިވެސް ފެނިގެންދިޔައީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމެވެ. މިފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމެވެ. ވިނަ އިންދުމުގެ މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލުމުން ކުދި ބޮޑު އެންމެ ނިކުމެ މަސައްކަތުގައި ބައިވެރިވެ ނަމޫނާ ދެއްކި އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ވިދާޅުވީ، ރަށުގައި އާ ބޯޅަދަނޑެއް ހަދަން ނިންމީ ކުރިން ބޭނުންކުރަމުންދިޔަ ދަނޑަކީ މިންގަނޑަށް ނުފެތޭ ދަނޑަކަށްވާތީ ކަމަށެވެ.

މިދިޔަ އަހަރު ހަދަން ފެށި އާ ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތް ކުރަން ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލުމުން ފިރިހެނުންނެކޭ އެއްގޮތަށް އަންހެންވެރިންވެސް އެމަސައްކަތުގައި ބައިވެރިވެ ރަށުގެ އެއްބައިވަންތަކަން ހާމަކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.

" ވިނަ އިންދުމުގައި ފިރިހެނުންނަށް ވުރެ ގިނައިން އުޅުނީ އަންހެނުން. އެމީހުންނާއެކު އަންނަ ކުޑަކުދިންވެސް ވިނަ އިންދުމުގައި އުޅުނު. މިރަށަކީ މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭ ރަށެއް." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުންނަކީ އެފަދަ ކޮންމެ މަސައްކަތެއްގައިވެސް އެއްބާރުލުންދީ، އެބައިވަންތަކަން ދައްކައި ބަޔެކަމަށެވެ.

ބޯޅަ ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތް އިއްޔެ ނިންމާލީ ނުވަ ދުވަސް ފަހުންނެވެ. އެ ދަނޑުގައި ޖަހަން ވިނަ ހޯދުމުގެ އެހީތެރިވެފައިވަނީ ކުޅުދުއްފުށީ ހިރަފުސް ދަނޑާއި ޒިގްޒެގެވެ. އެހެންވެ އެ ދެ ފަރާތަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355