twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދެ އަންބަށް ކައިވެނިކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާގެ ބަޔާން ނަގަން ޖެހޭގޮތަށް ކަނޑައަޅައިފި

އިބްރާހިމް ހަމީދު
Jul 30, 2019

ދެ އަންބަށް މީހަކާ އިންނަން އުޅޭ ފިރިހެނަކީ އޭނާ އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ހަރަދުކުރާ މީހެއްތޯ ބެލުމަށް ދޮށީ އަނބިމީހާގެ ބަޔާން ނަގަން ޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ކަނޑައަޅައިފި އެވެ.

އެ ކޯޓުން މިއަދު ނެރުނު ސާކިޔުލާގައި ބުނީ އެއް އަންބަށް ވުރެ ގިނަ މީހުންނާ ކައިވެނި ކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ހަރަދު ކުރާ މީހެއްތޯ ސާފު ކުރުމަށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކުން އަނބިމީހާގެ ބަޔާން ނަގަމުން ދިޔަނަމަވެސް މިހާރަކަށް އައިސް ބައެއް ކޯޓުތަކުގައި ހަރަދު ރެކޯޑް ނެތްނަމަ އެއީ އަނބިދަރީންނަށް ހަރަދު ކުރާ މީހެއް ކަމުގައި ބަލައި ފިރިހެނާ އިނދެގެން އުޅެމުންދާ އަނބިމީހާގެ ބަޔާން ނެގުމަކާއި ނުލައި ކާވެނިކޮށްދެމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އެއްއަންބަށްވުރެން ގިނަ ކާވެނިކުރަން އެދި ކޯޓަށް ހުށަހެޅޭ ހާލަތް ތަކުގައި އާއިލާއާއިބެހޭ ޤަވާއިދުގެ 19 ވަނަ މާއްދާގެ ( ހ ) ގައިވާ ގޮތުގެ މަތީން އެއް އަންބަށްވުރެން ގިނަ އަންބަށް ކާވެނި ކުރަން އުޅޭ ފިރިހެނާއަކީ އެފިރިހެނާ އިދެގެން އުޅޭ އަނބިމީހައަށާއި ދަރީންނަށް ކުރަންޖެހޭ ހަރަދު ކުރަމުން ގެންދާ މީހެއްކަން ކަށަވަރުކޮށް ޔަގީން ކުރުމުގެ ގޮތުން އެފިރިހެނާ އިނދެގެން އުޅޭ އަނބިމީހާގެ ބަޔާނެއް ކޯޓުން ނަގަންޖެހޭ ގޮތަށް ހަމަޖެއްސީ ކަމަށް އެސާކިޔުލާގައި ބުނެފައިވެއެވެ.

ދެ އަންބަށް މީހަކާ އިންނަ އިރު ދޮށީ އަންބަށް އެކަން އަންގައި ކޯޓުން އަމަލު ކުރަމުން މީގެ ކުރީން އުސޫލުތަކެއް ގެންގުޅެމުން ދިޔައެވެ އެހެންނަމަވެސް 2017 ވަނައަހަރު އެއުސޫލުތައް ވަނީ ހުއްޓާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355