twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިއްހީ ފަރުވާއަށް މާލެ ދާން ޖެހޭ މީހުންގެ އަދަދު 50 ޕަސެންޓަށް ދަށްކުރުމަކީ ބޮޑު އަމާޒެއް: އަމީން

އަބްދުލް ވާހިދު ޙަސަން
Jul 30, 2019
1

އަތޮޅުތަކުން، ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށްދާ ޖެހޭ މިންވަރު މިއަހަރު ނިމޭއިރު 50 އިންސަތައަށް ދަށްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރައީސް ސޯލިހް މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އަމާޒަކީ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް ކުރާ ހޭދަ އާއި ތަކުލީފު ކުޑަކުރުން ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ސިއްހީ ސިޔާސަތުގައި މިއަހަރަށް ކަނޑައެޅިފައިވާ ދަނޑުދަނޑިތަކުގެ އެއް އަމާޒަކީ ރައްޔިތުން ހިދުމަތް ހޯދުމަށް ކުރަން ޖެހޭ ހޭދަ އާއި ތަކުލީފު ކުޑަކުރުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު އަތޮޅުތަކުން ރައްޔިތުން ހިދުމަތް ހޯދުމަށް މާލެއަށްދާ ޖެހޭ މިންވަރު 50 އިންސަތައަށް ދަށް ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ ރާއްޖޭގެ ދިހަ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުތަކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ފެންވަރު މަތިކުރުމުގެ ހާއްސަ މަސައްކަތުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން ފަސް ސަރަހައްދެއްގައި ސިއްހީ ހިދުމަތް ފުޅާކޮށް ތަރައްގީކުރެވިގެންދާނެ ކަމަށާއި އަދި މި ހިދުމަތްތަކުގެ ތެރޭގައި ސީޓީ ސްކޭން ހިދުމަތް ގާއިމުކުރުމާއި އެނދު އިތުރުކުރުމާއި އަދިވެސް މިނޫންވެސް ގިނަ ހިދުމަތްތަކެއް ތައާރަފުކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ މައުލޫމާތު ދިރާސާކުރެވި ހިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑަށް އިސްކަން ދެނީ ހިދުމަތް ހޯދުމަށް މާލެ ދާން ޖެހޭ ސަބަބުތައް ދެނެގަނެ އެހިދުމަތްތައް ސަރަހައްދުތަކުގައި ގާއިމުކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަގީގީ މާނާގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ރައްޔިތުންނަށް ލިބޭނީ ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބިގެން ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވަރުގަދަ ޕަބުލިކް ހެލްތް ނިޒާމަކާއެކު ސަރަހައްދީ ފެންވަރުގެ ޒަމާނީ ފެންވަރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒުކަމަށެވެ. މިއީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި އެހާ ހިސާބަށް އެއްދުވަހަކު ނުވަތަ ދެ ދުވަހަކު ނުދެވިދާނެ ކަމަށާއި އެކަމަކު އެ ހިސާބަށް ރާއްޖޭގެ ސިއްހީ ނިޒާމު ގެންގޮސްދޭނެކަމުގެ ކަށަވަރުކަން އެބައޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355