twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ހަނިމާދޫއިން ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވަނީ

ނަބީލާ އިސްމާޢީލް
Jul 31, 2019

ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ހާމަކުރައްވާގޮތުގައި ހަނިމާދޫ އާއި ކޮޗިން ދެމެދުގެ ފުލައިޓް ދަތުރުތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދާކަމަށާއި އަންނަ މަހު ޝެޑިއުލް އިއުލާން ކުރެވޭވަރު ވާނެކަމަށެވެ.

އަދި މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ބޭސް ފަރުވާއަށްދާ ދިވެހިންނަށް ފަސޭހަ ގޮތްތަށް ފަހި ކުރުން ކަމަށާއި އިންޑިއާގެ ފަތުރުވެރިކަން ރާއްޖެއަށް ފުޅާކުރުން ކަމަށެވެ. އަދިވެސް އިތުރު މަންޒިލް ތަކަށް ދަތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.

މޯލްޑިވިއަންއިން ހާމަކުރިގޮތުގައި އިންޑިއާގެ އިތުރު ސިޓީ ތަކަށާއި ކޮލަމްބޯއަށް ދަތުރު ފެށުމަށްވެސް އެއާލައިންއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރުވެސް މޯލްޑިވިއަން އިން އަންނަނީ މާލެއިން ޓްރިވެންޑްރަމް، ޗެންނާއީ އަދި ޑާކާގެ އިތުރުން ޗައިނާގެ މަންޒިލް ތަކަށް ދަތިރުކުރަމުންނެވެ.

އަދި މޯލްޑިވިއަންގެ ފުލައިޓް ހަނިމާދޫއިން ބައިނަލްއަގުވާމީ މަންޒިލަކަށް ދަތުރުކުރަނީ ހަމައެކަނި އިންޑިޔާގެ ޓްރިވެންޑްރަމްއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293