ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ހދ އަތޮޅަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. މިދަތުރުފުޅުގައި ހދ ގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ހަނިމާދޫ، ނޮޅިވަރަންފަރު އަދި ކުޅުދުއްފުއްޓަށެވެ. މިދަތުރުފުޅުގައި ހަނިމާދޫ ހެލްތް ސެންޓަރަށް ޒިޔާރަތްކުރެއްވުމާއި ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު މެންދުރުފަހު 3:20 ގައެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އަތޮޅު ކައުންސިލް އިދާރާއަށާއި ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަންފަރަށެވެ.
އެރަށަށް ވަޑައިގެން އެރަށު ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ނޮޅިވަރަންފަރު ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރުމަށްފަހު ނޮޅިވަރަންފަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް އޮންނަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ހަމަ މިދަތުރުގައި 2 އޮގަސްޓް 2019 ގައި ކުޅުދުއްފުށީގައި ހުންނަ 3 ސްކޫލް ކަމުގައިވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ހދ. އަތޮޅަށް މިކުރައްވާ ދަތުރުފުޅު އނިންމަވާލައްވާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 02 އޮގަސްޓް 2019 ވާ ހުކުރު ދުވަހު 15:30 ގަ އެވެ.