twitterviber whatsapp telegramfacebookyoutube instagram
1st August 2026

ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބިލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް!

އަބްދުލް ވާހިދު ޙަސަން
Jul 31, 2019

ހދ ނޮޅިވަރަންފަރު ސްކޫލުގެ ގޯލްޑަން ޖުބުލީ ހާއްސަ ޖަލްސާ، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފްވެރިކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ ގޯލްޑަން ޖުބުލީގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ އެރަށު ސްކޫލުގައި އެޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބިލް ހަރަކާތުގެ ރަސްމީ ޖަލްސާ ދައުލަތުގެ މީޑިއާއިން ވަނީ ލައިވްކުރުމަށް ހަމަޖެހިފަ އެވެ. އެ ސްކޫލުގެ ރަން ޔޫބިލްގެ ހަރަކާތްތައް ފެށިގެން ކުރިއަށްދާއިރު ގިނަ ހަރަކާތްތަކެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ނޮޅިވަރަންފަރު ސްކޫލު ހުޅުވާފައިވަނީ 1969 ވަނަ އަހަރު މަކްތަބުލް ގަމަރިއްޔާގެ ނަމުގައި އެވެ. އެއަށްފަހު ނޮޅިވަރަންފަރު މަކްތަބު އަދި ނޮޅިވަރަންފަރު މަދަރުސާގެ ނަމަށްވެސް ބަދަލުކޮށްފައިވެ އެވެ. މިހާރު ކިޔާގޮތަށް ނޮޅިވަރަންފަރު ސްކޫލުގެ ނަމަށް ނަން ބަދަލުކުރީ 2003 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355