twitterviber whatsapp telegramfacebookyoutube instagram
25th July 2026

އިންޓަރ ސްކޫލް އެތްލެޓިކްސްގައި ކުޅުދުއްފުށީ 3 ސްކޫލުން ބައިވެރިވެއްޖެ

ޚަދީޖާ އާދަމް
Jul 31, 2019
1

އޯގަސްޓް 4-8 އަށް މާލޭގައި އޮންނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ 3 ސްކޫލުން ބައިވެރިވެއްޖެ އެވެ.

އެތްލެޓިކްސްގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއީ 32 ދަރިވަރުންނެވެ. ދަރިވަރުންނާއި އެކު ސްކޫލްގެ 6 ވެސް ބައިވެރިވާނެ އެވެ.

އަފީފުއްދީން ސްކޫލުން 30 ދަރިވަރުންނާއި އެކު ސްކޫލްގެ 4 އޮޕިޝަލުން ބައިވެރިވެފައިވާއިރު ޖަލާލުއްދީން ސްކޫލުން ބައިވެރިވެފައިވަނީ 11 ދަރިވަރުންނެވެ.

ޖަލާލުއްދީން ސްކޫލުގެ 2 ދަރިވަރުން ފިޔަވާ އެހެން ހުރިހާ އެތްލީޓުނާއި އޮފިޝަލުން މިއަދު ވަނީ މާލެ ދިއުމަށް ފުރާފައެވެ.

3 ސްކޫލްގެ ޖަޒީތަކާއި އަދި މާލޭގައި ހުރުމަށް ކުޅުދުއްފުށީ ދެ މެންބަރުން ދެއްވި އެހީތެރިކަން ސްކޫލުތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުން ކުޅުދުއްފުށިން އެންމެ ގިނަ ވަަނަތައް ހާސިލްކޮށްފައިވަނީ ހދ އޭއީސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355