twitterviber whatsapp telegramfacebookyoutube instagram
17th September 2025

ކުމުންދޫ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމަށް އަންހެނުންތަކެއް ހުރަސް އަޅައިފި

އަބްދުލް ވާހިދު ޙަސަން
Aug 1, 2019
1

ކުމުންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެއްސި ހޯލަށް ވަނުމަށް ބަޔަކު ހުރަސް އަޅައިފި އެވެ. ކައުންސިލުން ރޭ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެއްސީ ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގަ އެވެ.

އެ އިމާރާތް ވަގުތީގޮތުން ބޭނުންކުރަމުންދަނީ އެރަށު ކައުންސިލް އިދާރާގެ މީޓިންގ ހޯލެއްގެ ގޮތުގައި އެވެ. ރޭ ބައްދަލުވުމަށް އެތަނަށް ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުން ދިޔައިރު އެތަނަށް މީހުންނަށް ނުވަދެވޭނެ ހެން ދޮރުމަތީ އަންހެނުންތަކެއް ތިބެ ވަނީ ހުރަސް އަޅާފަ އެވެ.

ކުމުންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސެއިން އަލީ ކޭއޯއަށް ވިދާޅުވީ އެތަންނަށް ވަންނަށް ހުންނަ ދެ ދޮރު ކައިރީގައި މީހުންނަށް ނުވަދެވޭނެހެން ފަސް އަންހެނަކު ތިބި ކަމަށެވެ. އެތަނަށް ނުވެދެވުމުން ބައްދަލުވުން ކުރިއަށްގެންދިޔައީ އެތަނުގެ ބޭރުގައި ތިބެ ކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަނުން އެއްވެސް އެއްޗެއް ނެރުމުގެ ފުރުސަތުވެސް ދީފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ އެހީތެރިކަމަށްވެސް އެދުނު ކަމަށާއި ނަމަވެސް ފުލުހުން ވިދާޅުވީ މިއަދު ރަސްމީކޮށް އެ މައްސަލަ ހުށަހެޅުމަށް ކަމަށެވެ.

އެނގިފައިވާގޮތުގައި އެއީމާރާތްތަކީ އެރަށުގެ އަމިއްލަ ޖަމިއްޔާއަކާއި އޭރުގެ އަތޮޅު އޮފީސްގެ އެހީތެރިކަމާއެކު ހެދި އިމާރާތެއްކެވެ. ފަހުން އެތަން ބޭނުންކުރަމުންދިޔައީ އަންހެނުންގެ ނަމާދުގެ އެއްގެ ގޮތުގައި އެވެ. އެކަމަކު އެރަށުގައި ބޮޑު މިސްކިތެއް ސަރުކާރުން އިމާރާތްކޮށްދިނުމުން އެ ނަމާދުގެ ވަނީ ކައުންސިލަށް ނަގާފަ އެވެ. އެގޮތަށް ހުންނަ އިމަރާތްތައް އެހެން ރަށްރަށުގައިވެސް ނަގަނީ ކައުންސިލަށެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ހިންގި ހަރަކާތްތަކާއި ކައުންސިލުންކުރަން ރާވާފައިވާ މަސައްކަތްތައް ހުލާސާ ކޮށް ވަނީ ރައްޔިތުންނާއި ހިއްސާ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355