ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ދެންމެ ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ހދ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. އަދި މިރޭ ނޮޅިވަރަންފަރު ސްކޫލުގައި ރަން ޔޫބިލް ޖަލްސާ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅުގައި ކުރީގެ ވަޒީރު މުސްތަފާ ލުތުފީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ.
މާދަމާ ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގައި ހުންނަ ސަރުކާރު ސްކޫލުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ. ނައިބުގެ މިދަތުރުފުޅުގައި ހަނިމާދޫ އާއި ނޮޅިވަރަންފަރު ސްކޫލުތަކުގެ ސީނިއަރ މުވައްޒަފުން މެނޭޖްމެންޓާ ބައްދަލުކުރާނެ އެވެ.