twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތައުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތެއް ދަނީ ކުރަމުން: ނައިބު ރައީސް

އަބްދުލް ވާހިދު ޙަސަން
Aug 2, 2019

ތައުލީމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމަށާއި މިސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލަކީ އެމީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުނގަންނައިދިނުންކަމަށެވެ. ތަޢުލީމު އުނގަންނައިދިނުމުގެ ހަޤީޤީ މަގުސަދު ހާސިލުވާނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޮޅިވަރަންފަރު ރައްޔިތުން ތަޢުލީމަށް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިގެން ހިނގައްޖެކަމަށާއި، ނޮޅިވަރަންފަރަކީ ތައުލީމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަތަކެއް ޙާސިލްކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެގޮތުގައި ކަމަށާއި، މިކަމުން ދޭހަވަނީ ރަނގަޅު ނަތީޖާ ހާސިލްކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމުގައެވެ.

ނޮޅީވަރަންފަރު ސްކޫލުގެ ރަންޔޫބިލް ޖަލްސާގައި ނައިބު ރައީސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީގެ އިތުރުން ކުރީގެ މިނިސްޓަރު ޑރ މުސްތަފާ ލުތުފީވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355