twitterviber whatsapp telegramfacebookyoutube instagram
13th May 2024

މިސަރުކާރުގައި ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގެ ގާބިލުކަމެއްނެތް: ރައީސް ޔާމީން

އިބްރާހިމް ހަމީދު
Aug 2, 2019
3

ތަރައްޤީގެ މަޝްރޫއޫތައް ރޭވުމުގެ އެއްވެސް ގާބިލިއްޔަތުކަމެއް މިސަރުކާރުގައި ނެތްކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްލް ގައްޔޫމް މިހެންވިދާޅުވީ "ކޮބައިނުވިއެއްނު" ނަމުގައި ރޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ގުޅިގެން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ސަރުކާރުން އެބަ ބުނޭ އަޅުގަނޑުމެންގެ ސަރުކާރަށްވުރެ އިތުރަށް ކަންކަން ކުރެއްވިއްޖެކަމަށް. އިތުރީ ހަދާ ދޮގު އިތުރީ ރައްޔިތުންނަށް ދައްކާ ހުވަފެން އެއްވެސް ކަމެއް ނުވީއެއް ނޫން އެއްވެސް ކަމެއް ނުވާނެ ކަން އަޅުގަނޑުމެންނަށް މި އެނގުނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

މިއިވެންޓުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ އިތުރު އެއްވެސް ކަމެއް މި ސަރުކާރަށް ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނުކުރެވުނު ކަމަށާއި އިގްތިސާދީ ދުވެލި ދަނީ ދުވަހުން ދުވަހަށް ދަށްވަމުން ކަން ފާހަގަ ކުރައްވަމުން ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ކަންކަން ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންނަށް ހުވަފެން ދެއްކުން ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަންކަން ކުރެވިގެން ނުދާނެ ކަމަށް ވިދާޅުވެ މިސަރުކާރުވަނީ ފެއިލްވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕްލޭން ރާވަން ނޭނގިގެން ސަރުކާރުން އަދިވެސް ހޯދަމުންދަނީ ކުރީ ސަރުކާރުގެ ލިޔެކިޔުންތައް ކަމަށެވެ. އަދި ތަރައްގީގެ މަޟްރޫއުތައް ރޭވުމާއި ހިންގުމުގެ އެއްވެސް ގާބިލިއްޔަތުކަމެއް މިސަރުކާރުގެ ތެރޭގައި ފެންނަން ނެތްކަން ފާހަގަކުރައްވަމުން އެބުނާ ތަރައްގީގެ ޕްލޭން މިފަސްއަހަރު ނިމިގެންދާއިރުވެސް ނުފެންނާނެކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް ވިދާޅުވިއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355