ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ، ކުޅުދުއްފުށީގެ ތިން ސްކޫލަކަށް ޒިޔާރާތްކޮށް އެސްކޫލުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރާތްކުރެއްވީ ޖަލާލުއްދީން ސްކޫލަށާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒަށާއި، އަފީފުއްދީން ސްކޫލަށެވެ. މިއަދު ހެނދުނު ވަކި ވަކިން އޮތް މި ތިން ޒިޔާރަތުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ އެ ސްކޫލްތައް ހިންގުމުގައި ހުރި ކަންބޮޑުވުންތަކާއި، ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށާއި އެޑިއުކޭޝަން މިނިސްޓަރަށް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން، ޖަލާލުއްދީން ސްކޫލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މިހާރު ސްކޫލުން އެންމެ ބޮޑަށް އެދެނީ ސްކޫލްގެ މުސްތަޤްބަލަށް ވިސްނަވައި ހަރުދަނާ ޕްލޭނެއްގެ ދަށުން ސަރުކާރުން ގޮތްތަކެއްރޭވުމާއި ޓީޗަރުންނަށް ބޭނުންވާ ތަމްރީނުތައް ލިބޭނެމަގު ތަނަވަސްކޮށް ދެއްވުން ހިމެނެ އެވެ.
އަދި އެ ސްކޫލަކީ ޖާގަ އޮތް ސްކޫލެއް ނަމަވެސް އެންމެ އެދެވޭ ގޮތަށް ވަސީލަތްތަކުގެ ބޭނުން ހިފޭނެ ފަދަ ގޮތަކަށް ކަންކަން ރާއްވަވައިދެއްވައި ސްކޫލާއި ޖެހިގެން އޮންނަ ހުސް ބިމަކީ ދަރިވަރުން ކުޅިވަރު ކުޅުމަށް ބޭނުން ކުރެވޭނެ ތަނަކަށް ހައްދަވައިދެއްވުމަށް ނައިބު ރައީސް އަރިހުން ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއެކު ނައިބް ރައީސް ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްކޫލް އިމާރާތްތައް ބާ ވުމާ ގުޅިގެން އިމާރާތުގެ ދަތިކަން ފާހަގަކުރެއްވި އެވެ. އަދި ސްލޫލްގެ ދުރު ރާސްތާ ޕްލޭނެއް ނެތުމުން ސްކޫލްގެ ކުރިމަގާ މެދު ކަންބޮޑުވާކަމުގައި ވެސް ސްކޫލްގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު ސްކޫލްގެ އިމާރާތުގެ ޖާގައިގެ ދަތިކަން އިހުސާސްކުރަން ޖެހިފައިވާ މައްސަލަ އެވެ. އެ ސްކޫލަކީ އަތޮޅު ތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެެވެ. ފައުންޑެޝަން ގުރޭޑްތަކުން ފެށިގެން ގުރޭޑް 8 އަށް މިއަހަރު ކިޔަވައިދޭ މި ސްކޫލުގައި 1400 އެއްހާ ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ
މީގެ އިތުރުން ތައުލީމީ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒަށް ދިމާވެފައިވާ އެހެނިހެން ބައެއް ކަންކަންވެސް ނައިބު ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. މި ބައްދަލުވުމަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ ފުރަތަމަ ހެޑްމާސްޓަރކަން ކުރެއްވި ޑރ މުސްތަފާ ލުތުފީ އާއި ނައިބު ރައީސް އަދި މިނިސްޓަރަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފަ އެވެ.
އަފީފުއްދީން ސްކޫލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ޒިޔާރަތުގައި މިހާރު ސްކޫލަށް ދިމާވެފައިވާ ގޮންޖެހުންތައް ސްކޫލްގެ އިސްވެރިން ވަނީ ފާހަގަކުރައްވާފަ އެވެ. މިގޮތުން، 2017 ވަނަ އަހަރު ސްކޫލަށް އާ އިމާރާތެއް ލިބުނު ނަމަވެސް ވިއްސާރައިގައި ކްލާސްރޫމްތަކަށް ފެން ވިއްސާއިރު ތަށިމުށި ޖަހާފައި ހުރުމުން ކުދިންނަށް ނުރައްކަލާއި ކުރިމަތިވާކަމަށާއި އަދި ސްކޫލާ ވަރަށް ގާތުގައި ކުނިކޮށި ހުރުމުން އެކަމުގެ ނޭދެވޭ އަސަރު ސްކޫލަށް ވަރަށް ބޮޑަށް ކުރާކަމުގައި އިސްވެރިން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުން ތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާ އަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާކަމަށާއި، ރައްޔިތުންގެ މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިގޮތުން ތިން ސްކޫލްގެ އިސްވެރިންނާއި ކައުންސިލާ އަދި އެދާއިރާގެ މެންބަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ރަށުގެ ސްކޫލްތަކުގެ ހުރި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
މި ބައްދަލުވުންތަކުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ބައްދަލުވުންތަކުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ވަނީ ބައިވެރިވެފަ އެވެ.