twitterviber whatsapp telegramfacebookyoutube instagram
13th May 2024

އިންޑިޔާގައި އާސަންދަ ހިދުމަތް ދިނުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި

އިބްރާހިމް ހަމީދު
Aug 3, 2019

އާސަންދައިގެ ހިދުމަތްދޭ އިންޑިޔާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން ދެމުން ގެންދިޔަ އެހިދުމަތަށް ދިމާވި މައްސަލަ ހައްލުކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ބުނީ އިންޑިޔާގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން ހިދުމަތް ފޯރުކޮށްދެމުންދަނީ ތާޑްޕާޓީ އެޑްމިނިސްޓްރޭޓަރ މެދުވެރިކޮށްކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ މިހިދުމަތަށް ބުރޫ އެރީ 2019 ވަނަ އަހަރު ޖުލައިމަހު 29 ވަނަ ދުވަހު ޓީޕީއޭ އިން އިތުރު އިސާރާތެއްނެތި އިންޑިޔާގައި ހިދުމަތް ދެމުންގެންދިޔަ ހޮސްޕިޓާތަކަށް އިތުރަށް އާސަންދަހިދުމަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ޓީފީއޭއިން އެންގުމާއިގުޅިގެން ކަމަށެވެ.

އިންޑިޔާއިން ހިދުމަތް ލިބުމުގައި ދަތިތައް ދިމާވީ ހޮސްޕިޓަލް ތަކަކީ ޓްރިވެންޑްރަމްގައި ހުންނަ އާނާންތަޕޫރީ އާއި ޗައިތަންޔާ ހޮސްޕިޓަލާއި އާރުސީސީ އަދި ކިމްސްހޮސްޕިޓަލުންނެވެ އިންޑިޔާ ކޮޗިން ގައި ހުންނަ އަމްރީތާ ހޮސްޕިޓަލުންވެސް މިހިދުމަތް ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.

އިންޑިޔާގެ ޓްރިވެންޑްރަމުންނާއި ކޮޗިންނުން މިހިދުމަތް ދިމާވި މައްސަލަ ހައްލު ހޯއްދަވަމުންދާކަމަށާއި މިހާރު އާސަންދައިގެ ހިދުމަތް ތައް މިހޮސްޕިޓަލުތަކުން ފުރިހަމައަށް ލިބިގެންދާނެކަމަށާއި މިވަގުތު މިހިދުމަތް ހޯއްދެވުމުގައި ތިއްބެވިފަރާތްތަކަށް ދިމާވި ދަތިތަކަށްޓަކައި އާސަންދަ ކުންފުނީގެ ފަރާތުން މާފަށް އެދޭ ކަމަށެވެ

ހިދުމަތުގެ ދަތިތައް ދިމާވާ ފަރާތްތަކުން އާސަންދަ ކޯލް ސެންޓަރު 1400 ނަމްބަރާއި ގުޅުއްވުމަށާއި ސައުވީސް ގަޑީ އިރު ކޯލް ސެންޓަރު ހުޅިވިފައި ހުންނާނެކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.

އިތުރަށް އާސަންދައިން ބުނީ ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ދިނުމުގައި އިދާރީ ގުޅުންތައް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުން ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355