twitterviber whatsapp telegramfacebookyoutube instagram
13th May 2024

ޒުވާނުން އިސްނަގައިގެން ބާރަށުގައި ފޯރިގަދަ އީދެއް!

ޚަދީޖާ އާދަމް
Aug 4, 2019
1

ހއ ބާރަށުގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް އެރަށުގެ ޒުވާނުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

އީދު ހަފުތާއެއްކޮށް އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށްއުޅޭ އަހުމަދު ޝާހިދު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިހަރަކާތްތަކަކީ ރަށުގެ ޒުވާނުން އީދު ކުޅިވަރަށް ހާއްސަ ބަޖެޓެއް ހަދައިގެން ޒުވާނުން އިސްނަގައިގެން ކުރާކަމެއް ކަމަށެވެ.

އެގޮތުން އީދު ފުރަތަމަ ދުވަސް 11 އޮގަސްޓް ހަވީރު 16:00 ޖަހާއިރު ކުޅިވަރުތައް ފެށިގެން ދާނެއެވެ. އީދު ފުރަތަމަ ދުވަހު ހަވީރު އޮންނާނީ ދިގުމަގު ދަނޑިއެވެ. އެދުވަހުގެ ރޭ އޮންނާނީ ބޮޑުމަސް ދުއްވުމެވެ.

ދެވަނަ އީދު ދުވަހު އޮންނާނީ ކޯޑި ޖެހުމެވެ. 3 ވަނަ އީދު ދުވަހު ހެނދުނު 8:00 ން މެންދުުރުފަހު 13:00 އަށް އެކި ކުޅިވަރުތަކާއި އެކު ކުޅިވަރު ދުވަސް ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އެ ދުވަހު ހަވީރު ދަފި ނެގުމުހެ ހަރަކާތް އޮންނާނެވެ.

އީދު ހަތަރު ވަނަ ދުވަސް 14 އޮގަސްޓުގައި އޮންނާނީ މަސްރޭހެވެ. މިއީ ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާއިގެން ކުރިއަށް ގެންދާ މަސްރޭހެކެވެ. 15 ވަަނަ ދުވަހު ހެނދުނު 09:00 ޖަހާއިރު ޓްރެޝަރ ހަންޓް އޮންނައިރު އެދުވަހު ހަވީރު އޮންނާނީ ބައިސްކަލް ރޭހެވެ. އަދި ހަރަކާތުގެ ފަހު ދުވަސް 16 އޮގަސްޓުގައި ދޮށީ އުމުރުގެ އަންހެނުންގެ ހާއްސަ ބަށި މެޗެއް އޮންނާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355