twitterviber whatsapp telegramfacebookyoutube instagram
13th May 2024

ނޮޅިވަރަންފަރު ސްކޫލުގެ އާ ޔުނީފޯމު ދައްކާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 4, 2019

2020 ވަނަ އަހަރު ހދ ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުން ބޭނުންކުރަން ފަރުމާކޮށްފައިވާ އާ ޔުނިފޯމު ދައްކާލައިފި އެވެ.

އެ ސްކޫލުގެ އާ ޔުނީފޯމު ދައްކާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަންޔޫބިލްގެ ޖަލްސާގައި އެވެ. އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްކޫލުގެ ޓީޗަރުންނާއި މަންދޫބު ގުޅިގެން ފަރުމާކުރި މި ޔުނީފޯމުގައި އަންހެން ދަރިވަރުން ބޭނުންކުރާނީ ކަނޑު ނޫ ކުލައިގެ ދިގު ސްކާޓަކާއި މަޑު ނޫކުލައިގެން އަތް ދިގު ގަމީހެވެ. ފިރިހެން ދަރިވަރުންގެ ޔުނީފޯމްގައި އިންނަނީ ކަނޑު ނޫ ކުލައިގެ ފަޓުލޫނާއި މަޑު ނޫކުލައިގެ ގަމީހެކެވެ. ޓައީއަކާއެކު އިންނަ މި ޔުނީފޯމުގައި ޓައިގައި ސްކޫލުގެ ބެޖް ހަރުކޮށްފައިވާއިރު ރަތް ކުލައި އާއި ނޫކުލައިގެ ދެ ފަށް ޓައީގައި ހުރެ އެވެ.

މިހާރު އެ ސްކޫލުގައި ބޭނުންކުރަމުން ދަނީ ސްކޫލުތަކުގައި ބޭނުންކުރަމުންދާ އާދައިގެ ހުދު ޔުނީފޯމެވެ.

ގިނަ ހަރަކާތެއް ކުރިއަށްދިޔަ މި ޖަލްސާގައި ވަނީ އެ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން "ހިދުމަތުގެ ރަން ފިލާ" އަރުވާފަ އެވެ.

އެގޮތުން ހިދުމަތުގެ ރަން ފިލާ ތިން ފަރާތްތަށް ވަނީ އަރުވާފަ އެވެ. އެއީ ހުސެއިން އަބުދުﷲ، މުޙުލިސާ އަލީ އަދި އަބުދުއްޝުކޫރު ހުސެއިނަށެވެ. މި ޖަލްސާގައި ވަނީ ފަނަ އަހަރަށްވުރެ ގިނަ ދުވަހު ސްކޫލަށް ހިދުމަތްކުރި ފަރާތްތަކަށް ހިދުމަތުގެ ރިހި ފިލާގެ ނަމުގައި ފިލައެއްވެސް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355