twitterviber whatsapp telegramfacebookyoutube instagram
16th April 2026

ހދ އަތޮޅުގެ ހަތަރު ރަށަކަށް އެމްޓީސީސީގެ ލޯންޗު ފެރީގެ ހިދުމަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Aug 4, 2019

ހދ އަތޮޅުގެ ތިން ރަށަކަށް އެމްޓީސީސީގެ ލޯންޗު ފެރީގެ ހިދުމަތް ފުޅާކޮށް މިއަދު ފަށައިފި އެވެ. މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މިއަދު މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ.

މަކުނުދޫ ދާއިރާގައި ހިމެނޭ މި ތިން ރަށަކީ މަކުނުދޫގެ އިތުރުން ވައިކަރަދޫ، ނޭކުރަންދޫ އަދި ކުމުންދޫ އެވެ. މި ދަތުރުތައް ގުޅުވާލާފައިވަނީ ކުޅުދުއްފުއްޓަށެވެ.

އެމްޓީސީސީ ބުނީ މި ފެރީ ދަތުރު އޮންނަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. ދަތުރުތައް ފަށާނީ ހެނދުނު 7 ޖަހާއިރު މަކުނުދޫއިންނެވެ. އެއަށްފަހު ވައިކަރަދޫއިން ނޭކުރަންދޫއަށެވެ. އެއަށްފަހު ކުމުންދޫ އަށެވެ. ކުޅުދުއްފުއްޓަށް އާދެވޭނީ ހެނދުނު 8:25 ގަ އެވެ.

ކުޅުދުއްފުށިން ފުރުން ހަމަޖެހިފައިވަނީ މެނދުނުފަހު 2:30 ގަ އެވެ. އެއަށްފަހު ކުމުންދޫ، ނޭކުރަންދޫ، ވައިކަރަދޫ އަދި ދަތުރު ނިމޭނީ މަކުނުދޫއަށެވެ. އެއީ 3:55 އަށެވެ.

މި ރޫޓްގެ ދަތުރުތަކުގެ އަގު އުޅެނީ 250ރ-75ރ އާ ދެމެދުގަ އެވެ. ސްޕީޑް ފެރީގެެ ހިދުމަތާއެކު އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެމްޓީސީސީ ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި ރާއީ ވަނީ ސްޕީޑް ފެރީގެ ހިދުމަތް މިރަށްތަކުގައި ފެށުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355