twitterviber whatsapp telegramfacebookyoutube instagram
13th May 2024

ދޯނިފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނުން ރަހުނު އުނިކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 6, 2019

ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގުރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ގާއިމުކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަން ޖެހޭ ރަހުނު އުނިކުރުމަށްފަހު ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ލޯނުގެ މުއްދަތު ވަނީ ސެޕްޓެމްބަރުމަހާ ހަމައަށް އިތުރުކޮށްފަ އެވެ. ކަނޑުފަޅު ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރުފިޔާ އެވެ. މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.

“ކަނޑުފަޅުގެ ނަފާ”އަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސްޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހަރަދު ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުމަށް ހަދާފައިވާ ލޯނެކެވެ.

އެ ލޯނާއި ބެހޭ އުސޫލާއި ލޯނަށް އެދޭ ފޯމް މިނިސްޓްރީ އޮފް ފިޝަރީސް އިންނާއި، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލިބެން ހުންނާނެކަމަށް ފިޝަރީޒްއިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355