ހދ ނެއްލައިދޫ ސްކޫލުގައި ދެ ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އިއްޔެ މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
އެ ކްލާސްރޫމްތައް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްޓްރަކްޝަންއާ އެވެ. އެ އެއްބަސްވުމުގައި އިންޓަލޮކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ނަވާޒް ޝަރީފްއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
އެ މަސައްކަތް އިންޓަލޮކްއާ ހަވާލުކޮށްފައިވަނީ 2.02 މިލިއަން ރުފިޔާއަށެވެ. މިއީ 125 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓެކެވެ.