twitterviber whatsapp telegramfacebookyoutube instagram
17th April 2024

ޓެކްސް އަދި ފައިސާއާ ގުޅޭ ބިލްތައް ދެން ހުށައެޅޭނީ ސަރުކާރަށް އެކަނި

Aug 8, 2019

ރައްޔިތުންގެ މަޖިލިހަށް ޓެކުހާއި ފައިސާ އިތުރުކުރުމަށް ހުށައެޅޭ ބިލުތައް ދެން މަޖިލީހަށް ހުށައެޅޭނީ ހަމައެކަނީ ސަރުކާރަށް ކަމަށް ކަނޑައަޅައިފި އެވެ.

މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހުގައި މިހާރު އޮންނަ ގޮތުން ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލް) ހުށަހެޅޭނީ ސަރުކާރަށެވެ.

މި ގޮތަށް ކަނޑައަޅައި ޖަމިލީހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ބިލްތައް ހުށަހަޅާނީ ސަރުކާރުންނެވެ. ގަވައިދުގައި އެގޮތަށް އޮތުމުން، ޓެކްސް ފިޔަވައި ފައިސާއާ ގުޅުން ހުރި ބިލްތައް މެމްބަރުން މަޖިލިހަށް ހުށަހެޅުއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި އެހެން އިސްލާހެއްގައި ވަނީ ޖަލްސާތައް އަހަރެއްގެ މައްޗަށް ބެހިގެންވާ ގޮތް ކަނޑައަޅައިފަ އެވެ. އެގޮތުން ޖަލްސާތައް އަހަރެއްގެ ތެރޭގައި ތިން ދައުރަކަށް ބެހިގެންވާ އިރު، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355