twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޓީޗަރުންގެ މުސާރަ ބޮޑުކުރަން އޮނިގަނޑު އެކުލަވާލައިފިން: އެޑިއުކޭޝަން

އަބްދުލް ވާހިދު ޙަސަން
Aug 8, 2019
2

ޓީޗަރުންގެ މުސާރަ ބޮޑުކުރަން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ އެކަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރައީސް އޮފީހާ މިނިސްޓްރީއާ ގުޅިގެން އޮނިގަނޑުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އެ ބަދަލުތައް އިއުލާން ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޓީޗަރުންގެ އޯވާ ޓައިމްގެ އުސޫލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަތުތަކެއް ނައިސްގެން ޓީޗަރުން އަބަދުވެސް ވަރަށް ބޮޑަށް ޝަކުވާ ކުރެ އެވެ. އަދި 2004 ގައި ސުނާމީގެ ހާދިސާއަށް ފަހު ޓީޗަރުންގެ އިތުރު ގަޑި ލިބޭވަރު އޮތީ 10 ޕަސެންޓަށް ދަށްވެސްކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެނގޭ ކަމަށާ ޓީޗާރސް އެސޯސިއޭޝަނާއެކުވެސް މިނިސްޓްރީ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355