twitterviber whatsapp telegramfacebookyoutube instagram
10th May 2024

ނާސްތާ ދޭން ފެށި ފަހުން ދަރިވަރުން ފިލާވަޅު ހެދުމަށް ދޭ ސަމާލުކަން ވަނީ އިތުރުވެފަ: މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
Aug 8, 2019
1

ސްކޫލުތަކުގެ ދަރިވަރުންނަށް ދޭން ފެށި ނާސްތާ ޕްރޮގުރާމް ވަރަށް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ ނާސްތާ ދޭން ފެށިފަހުން ދަރިވަރުން ފިލާވަޅު ހެދުމަށް ދޭ ސަމާލުކަން އިތުރުވެފައިވާ ކަމަށް ހުރިހާ ޓީޗަރުންވެސް އެއްބަސްވެލައްވާ ކަމަށެވެ.

"ހަމަ އޭގެ އިތުރުން އެސެމްބުލީގައި އަނބުރާގަނެގެން ވެއްޓޭ ކުދިންނާ އަދި ހެލްތު ރޫމަށް ބަނޑުގަ ރިއްސާތީ އާއި ބޮލުގައި ރިއްސާތީ ދާ ކުދިންގެ އަދަދު ހަމަ މަދުވެގެން ދިޔަ ތަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގުރާމްގެ ސަބަބުން އިޖުތިމައީ ގުޅުންތަކަށްވެސް ރަނގަޅު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ކުރިން ގަޑި ޖެހިގެން އަނަމުން ދިޔަ ކުދިންތައްވެސް އެޓެންޑެންސް މިހާރު ރަނގަޅުވިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނާސްތާ ޕްރޮގުރާމްގެ ތެރެއިން ވާ އިސްރާފުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާ އެހެންވީމަ އެކަން ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އަދިވެސް އެކަން ހައްލުކުރުމަށް ޓެކްނިކަލް ބޭފުޅުންނާ ވާހަކަ ދައްކަވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355