twitterviber whatsapp telegramfacebookyoutube instagram
19th September 2026

މިސަރުކާރުން ތަރައްޤީއަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދާނެ: ޖަމްޝީދު

އިބްރާހިމް ހަމީދު
Aug 10, 2019
7

މިސަރުކާރުން ތަރައްޤީއަށް ބޭނުންވާ ހުރިހާކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަސްމީދަތުރުތަކަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވީ އެއާޕޯޓް ރަސްމީ ދަތުރުތަކަށް މިއަދު ހުޅުވިގެން ދިޔުމަކީ ކުޅުދުއްފުއްޓަށާއި މިސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"ހާއްސަކޮށް ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ. އަދުގެ ސަރުކާރުން މިސަރަހައްދުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާކަމެއް ފަސްޖެހުމެއްނެތި ފުއްދަވައިދެއްވާނެ." ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ ނިމިދިޔަ ރައީސް ޔާމީން ވެރިކަމުގައި ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ނުނިމި ހުރިކަންކަން މިސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ. އެހެންވެ ޖަމްޝީދު ވަނީ ކުރީ ސަރުކާރުގެ ވެރިންނަށާއި މިސަރުކާރުގެ ވެރިންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293