އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަން ކުޅުދުއްފުށީ ތަމްސީލުކުރާ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންވަނީ ވޯޓު ދީފަ އެވެ.
ދިވެހި ސަރުކާރުން މި މައްސަލާގައި އެއްވެސް ފިޔަވަޅުއަޅާފައިނުވާތީ އެކަން ކުށްވެރިކުރުމަށާއި ސަރުކާރުން އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށް އެ މައްސަލާގައި ގޮވާލާފައިވެއެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި ޤުރުއާނަށް ތައުހީނުކުރުމަކީ ހުރިހާ މުސްލިމުން ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން އެކަމަކީ ދިވެހި މުސްލިމު ރައްޔިތުންވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވެއެވެ.
މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދިން މެމްބަރުން
- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް (އެމްޑީޕީ)
- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު (އެމްޑީޕީ)
- ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (އެމްޑީޕީ)
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (އެމްޑީޕީ)
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އެމްޑީޕީ)
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (އެމްޑީޕީ)
- މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އެމްޑީޕީ)
- ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ (އެމްޑީޕީ)
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު (އެމްޑީޕީ)
- ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (އެމްޑީޕީ)
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ (އެމްޑީޕީ)
- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް (އެމްޑީޕީ)
- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ (އެމްޑީޕީ)
- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (އެމްޑީޕީ)
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (އެމްޑީޕީ)
- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (އެމްޑީޕީ)
- އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (އެމްޑީޕީ)
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (އެމްޑީޕީ)
- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު (އެމްޑީޕީ)
- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް (އެމްޑީޕީ)
- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (އަމިއްލަ)
- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު (އެމްޑީޕީ)
- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން (އެމްޑީޕީ)
- ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ (އެމްޑީޕީ)
- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު (އެމްޑީޕީ)
- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ (އެމްޑީޕީ)
- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން (އެމްޑީޕީ)
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް (އެމްޑީޕީ)
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް (އެމްޑީޕީ)
މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 43 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު 33 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިނުގަތުމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މަޖިލީހުގެ 65 ގޮނޑިއާއެކު ބޮޑު އަޣުލަބިއްޔަތު އޮންނަ އެމްޑީޕީންވަނީ އެ މައްސަލަ ބަލައިނުގަތުމަށް ވޯޓު ދީފައެވެ.