twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މިއަހަރުވެސް ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުން ސްޓޭޑިއަމްގައި

• ސްޓޭޑިއަމްގެ އިތުރުން ހުކުރުކުރާ ފަސް މިސްކިތުގައިވެސް އީދު ނަމާދުކުރާނެ

އަބްދުލް ވާހިދު ޙަސަން
Aug 10, 2019
1

ކުޅުދުއްފުށީގައި މިއަހަރުވެސް ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ޒޯން ސްޓޭޑިއަމްގައި ކަމަށް ކައުންސިލުން ބުނެފި އެވެ. ސްޓޭޑިއަމްގެ އިތުރުން ހުކުރުކުރާ ފަސް މިސްކިތުގައިވެސް އީދު ނަމާދުކުރާނެ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިއަހަރުވެސް އަޟްހާ އީދު ނަމާދު ކުރުން މޫސުމް ތަންދޭނަމަ ބޮޑު ޖަމާއަތުގައި ކުރެވޭނީ ޒޯން ސްޓޭޑިއަމްގަ އެވެ. އޭގެ އިތުރުން ހުކުރު ކުރާ ފަސް މިސްކިތުގައި އީދު ނަމާދު ކުރެވޭނެކަމަށެވެ.

ކުޅުދުއްފުށީ ގައި އީދު ނަމާދު ކުރެވޭ މިސްކިތްތަކަކީ ހަޟާރަތު މިސްކިތާއި ހަސަނާތު މިސްކިތާއި ޖަމާއަތު މިސްކިތާއި ފިރުދައުސް މިސްކިތާއި ނޫރު މިސްކިތެވެ.މޫސުން ތަންދޭނަމަ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ޒޯން ސްޓޭޑިއަމްގަ އެވެ.

"ސަތަރިވެސް އަޅާނަން. އެކަމަކު ބޮޑަށް އެދެވިގެންވަނީ މުސައްލަ ހިފައިގެން ދިޔުމަށް. އޭރުން ސަތަރި ޖާގަ ނުލިބިއްޖެ ހާލަތެއްގައިވެސް ބޭނުންކުރެވޭނެ." ލަތީފް ވިދާޅުވި އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިއަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ކަންކަން ހަމަޖައްސަނީ ކައުންސިލުން ކަމަށެވެ. އެހެން އަހަރުތަކުގައި އީދު ނަމާދުގެ ކަންތައްތައް ކުރަނީ އަމިއްލަ ފަރާތަކުން އިސްނަގައިގެންނެވެ. އެހެންނަމަވެސް ކުރިން އީދު ނަމާދު އިންތިޒާމުކުރުމުގައި އުޅުނު ފަރާތުގެ އެހީތެރިކަން މިކަމުގައި ލިބެމުންދާކަމަށް ކައުންސިލް މައުލޫމާތުދެ އެވެ.

ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355