twitterviber whatsapp telegramfacebookyoutube instagram
10th May 2024

މިފަހަރުވެސް މަށިމާލި ޕެރޭޑާއި ދަމުހިނގުން އޮންނާނެ

އިބްރާހިމް ހަމީދު
Aug 10, 2019

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީގައި މަށިމާލި ޕެރޭޑާއި ދަމުހިނގުމުގެ ކުޅިވަރުތައް ކުރިއަށްދާނެކަމަށް އެކުޅިވަރުތައް އިންތިޒާމް ކުރާފަރާތުން ބުނެފި އެވެ.

އެގޮތުން ކުޅުދުއްފުށީގައި މަށިމާލި ޕެރޭޑް އިންތިޒާމްކުރާ ފަރާތުން ބުނީ ފުރަތަމަ އީދު ދުވަހު ކުރިއަށްދާނީ ބަންދު ރޭހެއްކަމަށާއި ދެވަނަ އީދު ދުވަހު ހަވީރު މަށިމާލި ޕެރޭޑް ކުރިއަށްދާނެކަމަށެވެ އަދި ތިންވަނަ އީދު ދުވަހު ބޮޑު ފައިވާނުގައި ހިނގުމުގެ ހަރަކާތެއްވެސް ރޭވިފައިވާ ކަމަށެވެ.

ދަމުހިނގުމުގެ ކުޅިވަރުތައް އިންތިޒާމް ކުރާފަރާތުން ބުނީ ދެވަނަ އީދު ދުވަހުގެ ރޭ މޫސުން ތަންދޭނަމަ ވެލިގަނޑު ސަރަހައްދުގައި ދަމުހިނގުމުގެ ކުޅިވަރުތައް ކުރިއަށް ދާނެކަމަށެވެ.

ކުޅުދުއްފުށީ ސްކައި ޖަމްއިއްޔާއިން ބުނީ އީދަށް ހާއްސަކުރެވިގެން ވެލިގަނޑުގައި ބާވީސްޓީމާއެކު ބީޗު ފުޓްބޯޅަ މުބާރާތެއް ވެސް ކުރިއަށްދާނެކަމަށެވެ.

ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކައުންސިލުން ރާވައިގެން އީދުގައި އެއްވެސް ކުޅިވަރެއްނެތް ކަމަށެވެ. އެހެންނަމަވެސް ކުޅިވަރުތައް ރާވާ އިންތިޒާމްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ލިބިގެންދާނެކަމަށެވެ.

"ދަމުހިނގުމުގެ ކުޅިވަރުތައް އިންތިޒާމް ކުރާފަރާތުން އެދުނީ ކުޅިވަރު ކުޅޭނެތަން ތައްޔާރުކޮށްދިނުމާއި ސައުންޑަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެފަރާތަށް ކޮށްދޭނަން ".ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ކޮންމެ އަހަރަކު އަޟްހާ އީދުގައި އެންމެ ފޯރިއާއެކު ކުރިއަށްދާ އެއްކުޅިވަރެއްގެ ގޮތުގައި މަށިމާލި ޕެރޭޑް ފާހަގަކޮށްލެވެ އެވެ. ފަހަކަށް އައިސް ކުޅުދުއްފުށީގައި އީދުގެ ފޯރި ވަރަށް ކުޑަވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355