ވިއްސާރަވެ މޫސުމް ގޯސްވުމުން މިރޭ ބާއްވަން ނިންމި ދަމުހިނގުމުގެ ކުޅިވަރު ފަސްކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލް މެމްބަރު ފަވާޒް ނައީމް މިއަދު ވިދާޅުވީ، މިރޭ ބާއްވަން ނިންމި ދަމުހިނގުމުގެ ކުޅިވަރު ފަސްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަމުހިނގުން ފަސްކޮށްފައިވަނީ މިމަހު 14 ވަނަ ދުވަހު ރޭ ކަމަށެވެ. ދަމުހިނގުމުގެ ހަރަކާތް އޮންނާނީ ވެލިގަނޑުގަ އެވެ.
ދަމުހިނގުމުގެ ކުޅިވަރަކީ ކުޅުދުއްފުށީގައި ކުޅޭ އެންމެ ދުވަސްވީ ކުޅިވަރެވެ.