twitterviber whatsapp telegramfacebookyoutube instagram
16th August 2026

ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބަކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އީދު ހަދިޔާ ބަހައިފި

ޚަދީޖާ އާދަމް
Aug 12, 2019

ހދ ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބެއް ކަމަށްވާ ބީ11 ގެ ފަރާތުން ނޮޅިވަރަންފަރުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ބަހައިފި އެވެ.

ބީ11 އަކީ ނޮޅިވަރަންފަރުގައި އަލަށް އުފައްދާފައިވާ ކްލަބެކެވެ. ކޭއޯއަށް މައުލޫމާތު ދެމުން އެ ކަލްބުގެ މެންބަރެއްކަމަށްވާ ޝަހީމް އަހުމަދު ބުނީ މި ހަރަކާތަކީ އެ ކްލަބު އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެގޮތުން އެ ކްލަބުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ 25 ކުދިންނަށް ވަނީ އީދު އުފަލުގައި ބައިވެރިކުރުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ފުރުޓް ބާސްކެޓެއް ހަދިޔާކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައިވެސް އެ ކްލަބުން އިސްނަގައިގެން މިފަދަ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޝަހީމް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355