twitterviber whatsapp telegramfacebookyoutube instagram
28th October 2025

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު، ސަމާލުވޭ: އެޗްޕީއޭ

ނަބީލާ އިސްމާޢީލް
Aug 17, 2019

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއިން)ބުނެފި އެވެ.

މިދިޔަ މަހު ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެންމެހައި ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަރުގެ ކުރީކޮޅުގައި 5500 އިތުރުވި ނަމަވެސް އެއަދަދު 1711 އަށް ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް މިދިޔަ ޖުލައި މަހު މި އަދަދު ވަނީ 3808 އަށް އަރާފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށް އެ އެޖެންސީއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ އެބަލިތަކާ ދުރުވުމަށް ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ރައްކާތެރި ބޯފެން ބުއިމާއި ފާހާނާ ކުރުމަށް ފަހު ނުވަތަ ބޭރުން ގެއަށް އައިސް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުވެ ކެއްކުމަށް ފަހު ގިނަ ވަގުތު ނުވަނީސް ކާތަކެތި ބޭނުން ކުރުމާއި ބާކީ ހުންނަ ކާބޯތަކެތި އަވަހަށް ފިނިކޮށް ރައްކާކުރުމާއި ކާތަކެތީގައި މެހި ނުޖައްސާނެހެން މަތި ޖަހާފައި ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމަކީ އާންމުކޮށް ކާއެއްޗެހީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. އަދި އޭގެ އިތުރުން ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ވެސް އެބަލި ޖެހިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355