twitterviber whatsapp telegramfacebookyoutube instagram
21st December 2025

އިމްޕޯޓާއި އެކްސްޕޯޓް ކުރި އަދަދު މިދިޔަ މަހުވެސް ދަށަށް ހިނގައްޖެ

އަބްދުލް ވާހިދު ޙަސަން
Aug 17, 2019

އިމްޕޯޓާއި އެކްސްޕޯޓްކުރި އަދަދު މިދިޔަ މަހު ވެސް ދަށަށް ހިނގައްޖެ އެވެ. ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް މިދިޔަ ޖޫން މަހު ވެސް ދަށެވެ. އިމްޕޯޓު ކުރި ވަރު ފަސް ޕަސެންޓަށް ދަށްވި އިރު އެކްސްޕޯޓް ކުރި މިންވަރު ހަތް ޕަސެންޓް ދަށްވި އެވެ.

ކަސްޓަމްސް އިން މި ހަފުތާގައި ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތުގައި 4.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފަ އެވެ.

ރާއްޖެއަށް މުދާ އިމްޕޯޓް ކުރި އަދަދު މިދިޔަ ޖުލައިމަހު 16 ޕަސެންޓަށް ދަށްވި އިރު އެކްސްޕޯޓް 9 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓް ކުރީ 165 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. އެކްސްޕޯޓާއި އިމްޕޯޓް ދަށްވިޔަސް މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ދެ ޕަސެންޓް އިތުރުވެ، 287 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އަގުގެ ގޮތުން ރާއްޖެ އަށް އެންމެ ގިނަ މުދާ މިދިޔަ މަހު އިމްޕޯޓްކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 21 ޕަސެންޓެވެ. އަދި އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓްގެ 18 ޕަސެންޓެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355