twitterviber whatsapp telegramfacebookyoutube instagram
21st June 2026

މިނިމަމް ވޭޖް އަވަސް ކުރަން ގޮވާލައި ދިއްދޫގައި ހިމޭން އިހްތިޖާޖެއް

ނަބީލާ އިސްމާޢީލް
Aug 18, 2019

މިނިމަމް ވޭޖް ބިލު އަވަސްކުރަން ގޮވާލައި ހއ.ދިއްދޫ ރައްޔިތުންގެ ޒުވާނުންތަކެއް ހިމޭން އިހްތިޖާޖެއް ބާއްވައިފި އެވެ.

ދިއްދޫ ޒުވާނުން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި މި އެއްވުން ކުރި އަށް ގެންގޮސް ފައިވަނީ އެ ރަށުގެ ސްޓޭޖް ސަރަހައްދުގަ އެވެ. މި އެއްވުމުގައި ދިއްދޫ އާއި ކައިރީގައި އޮންނަ ރިސޯޓްތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ޒުވާނުން ގޮވާލަމުންދިޔައީ ހއ. އަތޮޅުގެ ފަސް މެމްބަރުން މި ބިލު އަވަސްކޮށްދިނުމަށް އެދި މަޖިލީހުގައި ހުށައަޅާދިނުމަށެވެ. މި އެއްވުމުގައި ބައިވެރިވި ފަރާތް ތަކުން ވަނީ ލައުޑް ސްޕީކަރު ބޭނުން ކޮށްގެންނާއި ޕޯސްޓަރު ބޭނުުން ކޮށްގެން އެމީހުންގެ ޝުއޫރު ފާޅުކޮށްފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ވައުދެކެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ މިނިމަމް ވޭޖު ބޯޑު އެކުލަވާލައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355