twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީ ހިންގައިފި

އަބްދުލް ވާހިދު ޙަސަން
Aug 19, 2019
1

ހދ. ނެއްލައިދޫ ކައުންސިލް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައިފި އެވެ. މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި އެވެ.

ހަމަނުޖެހުން ހިންގީ ދެވަނަ ހާފުގައި ދެ ޓީމު 1-1 އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ގޯލެއް ހޫނުވެ އެވެ. އެއީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ކުޅުންތެރިން ހަމަނުޖެހުން ހިންގަން ފެށީ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.

ރެފްރީ އާއި ލައިސްމަން އެ މައްސަލަ ހައްލުކުރަން ދެ މީހުން ވާހަކަދައްކަމުންދަނިކޮށް ކުޅުންތެރިން ހަމަނުޖެހުން ހިންގީ އެވެ. ބެންޗުންނާއި ސަޕޯޓަރުންވެސް ދަނޑަށް އަރައި އެއްބަޔަކު އަނެއް ބަޔަކަށް މާރާމާރީ ހިނގި މަންޒަރު ފެނުނެވެ. މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލި ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގި އެވެ.

ކުޅުންތެރިންނާ ބައެއް ސަޕޯޓަރުން ރެފްރީ އާއި ލައިސްމަނުންނަށް ހަމަލާދިނުމަށް މަސައްކަތްކޮށް އެ މީހުން ފަހައި ދުވެފައިވާ މަންޒަރު ވީޑިއޯތަކުންފެނެ އެވެ. ހަމަނުޖެހުންތަކަށް ފަހު ގާތްގަނޑަށް ދިހަވަރަކަށް މިނެޓް ފަހު މެޗު ފެށުނު ނަމަވެސް އަނެއްކާވެސް ހަމަނުޖެހުން ހިނގި އެވެ. މި ހާދިސާގައި ރެފްރީ އާއި ލައިސްމަންގެ ގަޔަށް އަތްލާ މާރާމާރި ހިންގާފައިވެ އެވެ.

ދާދި ފަހުން ހއ ދިއްދޫގައިވެސް ވަނީ މިފަދަ މަންޒަރުތަކެއް ފެނިގެންގޮސްފަ އެވެ. އެރަށުގައިވެސް ކުޅުނު ފުޓްބޯޅަ މެޗެއް ހޫނުވެ ވަނީ ވަރަށް ބޮޑަށް މަރާމާރީ ހިންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355