twitterviber whatsapp telegramfacebookyoutube instagram
12th August 2026

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އަންގައިފި

ޚަދީޖާ އާދަމް
Aug 19, 2019
2

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އެންގިއިރު، އެކަޑެމިކް ކަލަންޑަރު ރާވާފައިވާ ގޮތުން ސްކޫލުގައި ޓީޗަރުން ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ.

އެހެން ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރެވޭނެކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

ކުޅިވަރުގެ އެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުން ފެށިގެން ސްކޫލުގައި ހިންގާ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅެން ޖެހެނީ ޓީޗަރުންނެވެ. އޭގެ ސަބަބުން އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުވުމުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ތައުލީމީ ދާއިރާއަށް އަލަށް ވަންނަ މީހުން މަދުވުމާއި މަސައްކަތް ބުރަވުމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355