twitterviber whatsapp telegramfacebookyoutube instagram
3rd August 2025

ބޮޓަލިންގ ޕްލާންޓްގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ!

އަބްދުލް ވާހިދު ޙަސަން
Aug 21, 2019
4

ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ އެވެ.

މިއަހަރު ޖޫންމަހުގެ ފަހު ކޮޅު ފެން އުފައްދާ، ފުޅީގައި ބަންދުކުރަން ފެށި މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިފައިވަނީ އިއްޔެ އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން މެޝިނެއްގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މެޝިނުގައި މައްސަލަ ޖެހި ފެން ބަންދުކުރުމަށް މަޑުޖެހުމުން އެކަން ވަނީ އެތަނުން ފެން ގަންނަ ބޮޑެތި ވިޔަފާރިތަކަށް އަންގާފަ އެވެ.

މިތަނުން ފެން އުފައްދާ ބާޒާރަށް ނެރެން ފެށުމާއެކު މިސަރަހައްދުގައި ތާޒާ ފެން ފުޅީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ. މިތަނުގައި ހަތަރު ސައިޒެއްގެ ފުޅީގައި ދަނީ ފެން ބަންދުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355