twitterviber whatsapp telegramfacebookyoutube instagram
18th June 2026

އިންފްރާސްޓްރަކްޗާގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Aug 22, 2019
1

މިއަހަރުގެ ބަޖެޓުގައި އިންފްރާސްޓްރަކްޗާއަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތެރެއިން 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރިއަށްދާ ބީލަންވެރިންގެ މަހާސިންތާގައި ޕުލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މަސައްކަތް ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތް ދަށްކަން ފާހަގަ ކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތައް ހަވާލުކުރިތާ މާ ގިނަ ދުވަސް ނުވާކަމަށާއި މި މަސައްކަތްތައް މި އަހަރުތެރޭގައި ބާރަށް ކުރިއަށްދާނެ ކަމަށް ބެލެވޭކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދެފުށް ފެންނަ ގޮތަށް ޓެންޑަރިންގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ބަލަން ޖެހޭކަމަށާއި ބައެއް މަސައްކަތްތައް ނުފެށި ލަސްވަނީ މި ސަބަބާހުރެ ކަމަށެވެ.

ޓެންޑަރިން ޕްރޮސެސްގައި ގިނަ މައްސަލަތައް ސަރުކާރު އޮފީސްތަކުގެ ފަރާތުންނާއި ޓެންޑާ ހުށަހަޅާ ފަރާތުން ފެންނަކަން ފާހަގަކުރައްވައި މިނިިސްޓަރު ވަނީ އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355