twitterviber whatsapp telegramfacebookyoutube instagram
15th June 2026

މައުމޫނުގެ އެމްއާރްއެމް އުފައްދަން 3000 މީހުންގެ ސޮޔާއެކު ހުށަހަޅައިފި

އިބްރާހިމް ހަމީދު
Aug 23, 2019
1

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާ ސިޔާސީ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމެންޓް(އެމްއާރްއެމް)އުފައްދަން މިއަދު އިލެކްޝަން ކޮމިޝަންއަށް ތިންހާސް މީހުންގެ ސޮޔާއި އެކު މެމްބަރޝިޕް ފޯމް ހުށަހަޅައިފި އެވެ.

އެމް އާރު އެމް ސިޔާސީ ޕާޓީ އުފައްދަން މިއަދު އިލެކްޟަން ކޮމިޝަން 3313 މީހުންގެ ސޮޔާއި އެކު މެމްބަރ ސިޕް ފޯމް ހުށަހެޅީ ޕާޓީ އުފައްދަވާ ކުރީގެ ރައީސް މަޢުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން މިސަރުކާރުގެ އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނެވެ.

އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށެވެ.

ނަމަވެސް ޕާޓީ އުފައްދަން ދިން މުއްދަތުގައި މެންބަޝިޕް ފޯމު ހުށަހަޅައިފައެއް ނުވެ އެވެ. ފަހުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދޫކުރީ ރައީސް މައުމޫންގެ ދަރިކަނބަލުން އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަށެވެ.

އެމްއާރްއެމް ޕާޓީ ހެދުމަށްޓަކައި އެހީތެރިވި ހުރިހާ މީހުނަށް މައުމޫން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭތާ ތިން މަސް ތެރޭގައި 3000 މީހުންގެ ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ. ނޫން ނަމަ ހުއްދަ ބާތިލް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355