twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެނުން އަންޔަނުކުރައްވަން ނިންމުމުން ޝިދާތާ މަރުހަބާ ދަންނަވައިފި

އިބްރާހިމް ހަމީދު
Aug 23, 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަނުކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެކަމަށް ވަރަށް ބޮޑަށް ތާއިދުކުރައްވައި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވާހަކަ ދައްކަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެދިވަޑައިގެންނެވި ޓްވީޓް ރީ ޓްވީޓްކުރައްވައި މިނިސްޓަރު ޝިދާތާ ވަނީ ރައީސްގެ އެ ނިންމެމުމަށް މަރުހަބާ ދަންނަވާފަ އެވެ.

"ދިވެހި އަންހެނުން ނުކުންނަވާ. ކެރިގެން ނުކުންނަވާ. ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމުތަކަށް ކުރިމަތިލައްވާ. އަޅުގަނޑުމެން ފަހަތުގައި އެބަ ތިބިން." ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވެފައިވަނީ ދިވެހި އަންހެނުން ކެރިގެން ނިންމުންތައް ނިންމާ ފެންވަރުގެ މަގާމުތަކަށް ކުރިމަތި ލެއްވުމަށާއި އަދި ދިވެހި އަންހެނުންގެ ފަހަތުގައި އެކަމަނާ ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، ޝިދާތާ ވިދާޅުވީ މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި އަންހެނުންނަށް ހުޅުވިގެން މިދަނީ ފަހި ފުރުސަތެއް ކަމަށެވެ.

އެގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީ ގެ ލަފަޔަކަށް ރައީސް ފޮނުއްވީ ފަނޑިޔާރު މ. ސީނާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މ . ކޮކާ ހަނދުވަރު އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު ނަންފުޅެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް އައްޔަން ކުރާ ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު ހަތަރަކަށް އިތުރު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355