twitterviber whatsapp telegramfacebookyoutube instagram
19th March 2024

މިނިވަން ޗެމްޕިއަންޝިޕްގައި ހަނިމާދޫ ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 24, 2019

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ހދ.ހަނިމާދޫ ތަމްސީލް ކުރުމަށް ނަގައި ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކަށާއި އޮފިޝަލްކަން ކުރަން ބޭނުންވާ ފަރާތަކަށާއި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ނަންނޯޓް ކުރުމަށް އެދޭކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީއަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެއިދާރާއިން ބުނެ އެވެ.

ހަނިމާދޫ ފާހަގަކުރެވިފައިވަނީ ފުޓްބޯޅައިގެ ސަރަހައްދީ ބާރެއްގެ ގޮތުގައި އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަހަރު އޮންނާނީ ސެޕްޓެމްބަރުމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355