twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ދިވެހި ފިލްމު "ބަވަތި" އަންނަމަހު 5 އަދި 6 ގައި ތިލަދެކުނު ސިނަމާގައި

ޚަދީޖާ އާދަމް
Aug 25, 2019
1

ދިވެހި ފިލްމު އިންޓަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ އައި ފިލްމްސް ގެ ފުރަތަމަ ފިލްމު "ބަވަތި" ކުޅުދުއްފުށީ ތިލަދެކުނު ސިނަމާއި އަންނަމަހު 5 އަދި 6 ގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

ލޯބި، ބިރުވެރި އަދި މަޖާ ކަންކަން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލި ހިސާބުން މި ފިލްމަށް ދަނީ ގިނަބަޔަކު އިންތިޒާރު ކުރަމުންނެވެ.

ފިލްމުގެ ޓިކެޓް އަންނަ މަހު ދެވަނަ ދުވަހުން ފެށިގެން ސިނަމާގައި ވިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަން ނޯޓު ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9955020 ،9944032 ނަންބަރާ އެވެ.

ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެން ދާއިރާ މިދާއިރާއަށް މުޅިން އާ އަހުމަދު އިފްނާޒެވެ.

ފިލްމު ނަގާފައިވަނީ މާލޭގެ އިތުރުން ކާށިދޫގައެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355