twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންހެން ފަނޑިޔާރުންލުމާއި ދެކޮޅަށް ކުއްލި މައްސަލައެއް މަޖިލީހަށް

ޚަދީޖާ އާދަމް
Aug 26, 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދީނީ ފަތުވާދޭ މަތީ މަޖިލީހުން ނިންމުމާ ހިލާފަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމަވާފައި ވާތީ އެކަން ކުއްލި މައްސަލައެއް ގޮތުގައި ރައްޔިތުން މަޖިލީހުން ބަލަން ފަށައިފި އެވެ.

ކުއްލި މައްސަލަ ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ކުއްލި ކަމެއްތޯ ނުވަތަ މައްސަލައެއް ތޯ ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަރާފައިވާ ބޮޑު އޮޅުންތައް ސާފު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ވޯޓަށް އެހުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އިސްލާމް ދީނާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުމާ ހިލާފަށް ރައީސް ސޯލިހު އަންހެން ފަނޑިޔާރުންގެ ނަންތައް ފޮނުވުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ކަމަކަށް ވާތީ ކުއްލި މައްސަލައެއް ގޮތުގައި ހުށަހަޅުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން އަންހެން ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހުގައި ބަހުސް ކުރުމަށް މިއަދު ނެގި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން އެ މައްސަލައަށް މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355