twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމްއެމްއޭގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 26, 2019

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކުން ކުރި އިއުލާނެއްގައިވާ ގޮތުން މި ސްކޮލަޝިޕްގެ ދަށުން އިކޮނޮމިކްސްގެ ދާއިރާ އިން ފަސްޓް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ފަސް އަހަރުގެ ބޮންޑެއް ހިމެނޭ މި ސްކޮލަޝިޕްގެ ދަށުން އޯއީސީޑީގެ ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބުނު ކަމުގައި ވީނަމަވެސް ހޮވޭ ކުއްދިން ކިޔަވާނެ ޔުނިވަސިޓީ ކަނޑައަޅާނީ އެމްއެމްއޭ އިން ކަމަށް އެ ބޭންކުން ބުނެއެވެ.

އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ގެ މެމްބަރުންގެ ގޮތުގައި ޖުމްލަ 36 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ އެމެރިކާ އިނގިރޭސިވިލާތް ފްރާންސް އަދި ޖަރުމަނުގެ އިތުރުން ޔޫރަޕާއި ދެކުނު އެމެރިކާ އަދި އޭޝިއާ ހިމެނެ އެވެ.

މި ސްކޮލަޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ ތިން މާއްދާ އިން ފާސްވެފައިވުން ނުވަތަ ޕްރޮގްރާމާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން، ޖީސީއީ/އަޖީސީއެސްއީ އޯލެވެލް އިމްތިހާނުން "އިނގިރޭސި" މާއްދާ އިން "ބީ" އިން ފެށިގެން މަތިން ފާސް ވެފައިވުން ހިމެނެއެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭ އިން ވަނީ ޝަތުރު ހަމަވާ ފަރާތްތަކުން ސްކޮލަޝިޕަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ސްކޮލަޝިޕަށް ހޮވޭ ފަރާތަކަށް ޓިއުޝަން ފީ އާއި ޔުނިވަސިޓީ އަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތަކުގެ އިތުރަށް ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދާއި ކިޔަވަން ދިއުމާއި އެނބުރި އައުމުގެ ޓިކެޓް ހަރަދު އަދި ވިސާ ހަރަދު އެމްއެމްއޭ އިން ދޭނެ ކަމަށް އެބޭންކުން ބުނެ އެވެ.

މީގެ އިތުރުން އަހަރަކު އެއްފަހަރު ބުކް އެލަވަންސާއި ޕްރޮގްރާމް އަލަށް ފަށާއިރު އެސްޓެބްލިޝްމަންޓް އެލަވަންސް އަދި ޕްރޮގްރާމް ނިމުމަށް ފަހު އެނބުރި އަންނައިރު ޑިޕާޗާ އެލަވަންސް ވެސް އެމްއެމްއޭ އިން ހަމަޖަައްސައިދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355