twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އަފީފުއްދީން ސްކޫލަށް ވަގަކު ވަދެ ވައްކަން ކުރަން މަސައްކަތްކޮށްފި

ނަބީލާ އިސްމާޢީލް
Aug 27, 2019

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ރޭ ދަންވަރު ވަގަކު ވަދެ، ވައްކަން ކުރަން މަސައްކަތްކޮށްފި އެވެ. ވަގުވަދެފައިވަނީ ރޭ ދަންވަރު 2:40 ހާއިރު އެވެ.

އެ ސްކޫލުން ބުނީ ވަގު ވަދެފައިވަނީ ސްޓާފް ރޫމްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި އެވަގުތު ތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހާއަށް ފެނި ފުލުހަށް ރިޕޯޓްކުރި ކަމަށެވެ.

ނަމަވެސް ފުލުހުން އަންނަވާއިރަށް ވަގު ފިލާފައިވާ ކަމަށެވެ. ވަގު ވަދެފައިވީނަމަވެސް ސްކޫލުން އެއްވެސް އެއްޗެއް ގެއްލިފައެއް ނުވެ އެވެ. އެ ސްކޫލުގެ މައި ދޮރުގައި ގޭޓެއް ނުހުރެ އެވެ. އަދި ސްކޫލުގެ ފުރަގަހު ފާރު ރާނާފައި ނެތުމުގެ ސަބަބުން ސްކޫލުގެ ގޯތި ތެރެއަށް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު މީހުންނަށް ވަދެ ނުކުމެވެ އެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ކުޅުދުއްފުށީގައި އަންނަނީ އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293