twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަންނަ އެޕްރީލްމަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ

ނަބީލާ އިސްމާޢީލް
Aug 27, 2019

އަންނަ އަހަރުގެ އެޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސިދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް ވަރަށް އަވަހަށް އެ އިލެކްޝަނާ ގުޅޭ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ކައުންސިލްކަމަށް ކުރިމަތިލުމަށް ހުޅުވާލަނީ އަންނަ ފެބްރުއަރީ މަސްތެރޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލާ އަދަދު މަދުކޮށްފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓުލެވޭ އަދަދަކީ 700 އަށް ހެދުމަށް ކޮމިޝަންގައި މިހާރު މަސްވަރާ ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެހެން އަހަރު ތަކަށް ވުރެން 178 ފޮށި އިތުރުވާނެކަމަށެވެ.

ވޯޓު ފޮށިތައް އިތުރުވުމުން އޮފިޝަލުންގެ އަދަދުވެސް 6،000 އާއި 7،000 ދެމެދުގެ އަދަދަކަށް އިތުރުވެގެން ދާނެ ކަމަށެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި އޮފިޝަލުންގެ އަދަދަކީ، 5،000 އެއްހާ އޮފިޝަލުން ކަމަށް ޝަރީފު ވިދާޅުވި އެވެ. އިންތިހާބަށް ޖުމްލަ 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355