twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޓަލިންގ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް، ދެ ހަފްތާތެރޭ ހިދުމަތް ދިނުމަށް މިދަނީ މަސައްކަތްކުރަމުން: އައިބީއެމް

- މައްސަލަ ދިމާވީ ދެ މެޝިނަކަށް

އިބްރާހިމް ހަމީދު
Aug 28, 2019

ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓަލިން ފެކްޓަރީގެ މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އެހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭ ތޯ މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް ބެވަރޭޖް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވެއްޖެ އެވެ.

ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިބީއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށް ހިދުމަތް ދެމުންދިޔަ ފެކްޓަރީގައި ހުރި ދެ މެޝިނަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރައްޔިތުންނަށް އެހިދުމަތް އަލުން ފޯރުކޮށްދެވޭނެކަމަށެވެ.

"ބައެއް މެޝިންތަކުގައި މައްސަލަތައް އުޅޭކަން ޖުލައިމަހު އަޅުގަނޑުމެންނަށް ފާހަގަވި. މެޝިންތައް އިންސްޓޯލްކޮށް ހަވާލުކުރެވިފައިވާ ކުންފުންޏާއި އޮންލައިންކޮށް ގުޅައިގެން މިދަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަދި ވީޑިއޯ މެދުވެރިކޮށް ހައްލުކުރެވެން ހުރި ކަންތައް ހައްލުކުރަމުންދާ ކަމަށާއި ބައެއް ކަންތައް މިހާރުވަނީ ހައްލުކުރެވިފައި".އިބްރާހިމް އަންވަރު ވިދާޅުވި އެވެ.

އިތުރަށް އެމްޑީ އިބްރާހިމް އަންވަރު ވިދާޅުވީ މިހާރު ވާނީ އިންޖިނޭރަކު ގެނެސްގެން މައްސަލަ ހައްލުކޮށްދިނުމަށް އެކުންފުންޏާއެކު ވާހަކަ ދެއްކެވިފައިވާކަމަށެވެ. އަދި އެމްޑަބްލިއުއެސްއާއެކުވެސް މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުންދާކަމަށެވެ.

"ވަރަށް އަވަހަށް މެޝިނަށް ދިމާވީ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް އެހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމެއް ކުޅުދުއްފުއްޓަށް ދާނެ. މައްސަލަ ދިމާވީ ދެ މެޝިނަކަށް، އެއީ ރެފިން މެޝިނާއި ލޭބަރިން މެޝިނަށްކަށް." އައިބީއެމްގެ އެމްޑީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355