twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޒުވާނުންނަށް ހާއްސަކޮށްގެން 20 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 28, 2019

ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޒުވާނުން ވަޒީފާގެ މާހައުލަށް ވެއްދުމަށް އަދި ވަޒީފާގެ މާހައުލަށް ޝައުގުވެރިކޮށް ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް ޕްރޮޖެކްޓެއް ފަށައިފިއެވެ.

މި ދެ މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް ޖުމްލަ 20 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. 20 މިލިއަންގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވޯލްޑް ބޭންކުން ދޭ ފައިސާ އެވެ.

އެ ޕްރޮޖެކްޓް ލޯންޗުކުރުމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މަސްރޫއުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން ކަމަށެވެ.

އަދި އިފްތިތާހް ވެގެންދިޔަ ޕްރޮޖެކްޓަކީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޔޫތު ހަބް ގާއިމްކުރުމުގެ އިތުރުން އިންކިއުބޭޝަން ސަޕޯޓް ފެސިލިޓީސް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު ވިޔަފާރި ފެށުމަށް ހިލޭ އެހީ ދިނުމަށް ވެސް ޕްރޮޖެކްޓްގެ ދަށުން ވަނީ ނިންމާފައެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަކީ ޒިންމާދާރު މުރާލި އަދި މަސްއޫލިއްޔަތު ނަގަން ކެރޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355