twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަނިމާދޫއަށް ދަތުރުކުރި ފްލައިޓެއް މޫސުމް ގޯސްވެ ނުޖެއްސި ހަތަރު ގަޑިއިރު، އެންމެ ފަހުން ވެލާނާއަށް

ނަބީލާ އިސްމާޢީލް
Aug 29, 2019
3

ހަނިމާދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް، ވިއްސާރަވެ ނުޖެއްސި މަތީގައި ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެންމެ ފަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ޖައްސައިފި އެވެ.

ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރަށްވުރެ ގިނައިރުވި އެވެ. ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންވަނީ އެމީހުންގެ އެ ތަޖުރިބާ ކޭއޯގެ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. ފަސެންޖަރަކު ބުނީ މިއީ އޭނާ މިހާތަނަށް ކުރި އެންމެ ބިރުވެރި ދަތުރުކަމަށެވެ.

އަންހެނުންނާއި 1 އަހަރުގެ ކުޑަ ދަރިފުޅުގެ އިތުރުން އާއިލާގެ އިތުރު ބަޔަކު ގޮވައިގެން އިންޑިއާގެ ޓްރިވެންޑުރަމުން ފުރީ ދަންވަރު 2:40 ހާއިރު އެވެ. މިއީ ގާތްގަނޑަކަށް 45 މިނެޓްގެ ދަތުރެކެވެ.

ނަމަވެސް މި ދަތުރުގެ މަންޒިލަށް ވާސިލްނުވެ 4 ގަޑިއިރަށްވުރެ ގިނައިރު ބިރުވެރިކަމުގެ ތެރޭ މަތީގައި ތިބެން ޖެހުނެވެ. 2 ފަހަރު މަތިން ހަނިމާދޫ އެއާޕޯޓަށް ފުލައިޓް ލޭންޑް ކުރެވޭ ތޯ ޕައިލެޓުން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ގަދަ ވިއްސާރައިގެ ސަބަބުން އެކަން ކާމިޔާބުކުރެވޭގޮތް ނުވި އެވެ. ހަނިމާދޫ އެއާޕޯޓަށް ނުޖެއްސިގެން އެންމެ ފަހުން ފްލައިޓް ލޭންޑްކުރީ މިއަދު ހެނދުނު 6:30 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.

މި ފްލައިޓުން ދަތުރުކުރި ފަސެންޖަރުން ހަނިމާދޫއަށް އައުމަށްޓަކާ މޯލްޑިވިއަން ޓިކެޓް ހަމަޖައްސައިދޭނެކަމަށް އެފަރާތުން ފަސެންޖަރުންނަށް އަންގާފައިވާ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355