މޫސުމް ގޯސްވުމުގެ ސަބަބުން މޯލްޑިވިއަން ހދ ހަނިމާދޫއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.
މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދަތުރުތައް ފަސްކުރީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަމަށެވެ. އަދި ދަތުރުތައް އަލުން ފެށުނުހާ އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އަދި ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެވާހަކަވެސް ދަންނަވަން.
— Maldivian (@MaldivianAero) August 29, 2019
މޫސުމް ގޯސްވުމުގެ ސަބަބުން މިއަދު ޓުރިވެންޑްރަމް އިން ހަނިމާދޫއަށް ޖައްސަން އައި ފުލައިޓްވެސް ނުޖެއްސިގެން ވެލާނާ އެއާޕޯޓައް ޖައްސާފައިވަނީ މަތީގައި 4 ގަޑިއިރަށް ވުރެން ގިނަ އިރުން ނެވެ.
މިއަދު ހެނދުނު ހަނިމާދޫއަށް ފުރަން ގޮސް ތިބި ގިނަ ބަޔަކަށް މޫސުމް ގޯސްވުމުގެ ސަބަބުން ވަނީ ދަތުރު ނުކުރެވި ތާށިވެފަ އެވެ.