twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މަރުވި މީހުންގެ އާއިލާތަކަށް ރައީސް އާއި ނައިބު ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 29, 2019

ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް 10 މީހުންނާއެކު ފުރި ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި މަރުވި އާއިލާގެ މީހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މަރުވި މީހުންގެ އާއިލާތައް ތައުޒިޔާ ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫ ކައިރުން ލޯންޗެއް ބަންޑުންޖަހާލައި ފަސް މީހަކު މަރުވި ޙަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާއަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާ ކަމަށެވެ. ނައިބު ރައީސް ފައިސަލް ވިދާޅުވީ، ނޮޅިވަރަންފަރުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވި ޙަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހިތާމާގައި ބައިވެރިވެ އާއިލާތަކަށްް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދިއްލެވި އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައިވާ ފަސް މީހުންގެ ތެރޭގައި ނޮޅިވަރަމްފަރު ސްކޫލްގައި އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި ހުސެއިން އަބްދުﷲގެ އަންހެނުން މަރިޔަމް މަނިކެ ވެސް ހިމެނެ އެވެ. މަރިޔަމް މަނިކެ އާއި ހުސެއިން އަބްދުﷲ ދަރި ގުރައިޝާ އުމުރުން 25 އަހަރުގެ ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ. މަރުވި ފަސް އަހަރުގެ އަންހެން ކުއްޖާއަކީ ގުރައިޝާގެ ދަރިފުޅު އީރާ އެވެ.

ހަނިމާދޫ ހޮސްޕިޓަލުގައި ލޯންޗުން ދަތުރުކުރި ބާކީ ހަތަރު މީހުނަށް ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުންގެ ހާލުވެސް ރަނގަޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355