twitterviber whatsapp telegramfacebookyoutube instagram
21st June 2026

ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި

އަބްދުލް ވާހިދު ޙަސަން
Aug 29, 2019

ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް 10 މީހުންނާއެކު ފުރި ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންގެ ކަށު ނަމާދު މިރޭ ދަންވަރު 1:30 ގައި ބާއްވަން ނިންމައިފި އެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ފަސް މީހުންގެ ތެރޭގައި ނޮޅިވަރަމްފަރު ސްކޫލްގައި އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި ހުސެއިން އަބްދުﷲގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެ މަފިރިން ހުރި ހަމައެކަނި އަންހެން ދަރި ގުރައިޝާ އުމުރުން (30އ)، އާއި ގުރައިޝާގެ ދަރިފުޅު އީރާ (5އ) އެވެ. އަދި ހުސެއިން އަބުދުﷲ އާއި އެންމެ އެކުގައި މަސައްކަތްކުރި ޓީޗަރު ޝުކޫރުގެ އަންހެންވެސް މިހާދިސާގައި ވަނީ ނިޔާވެފަ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިހާދިސާގައި ނިޔާވި މީހުންގެ ކަށު ނަމާދު އޮންނާނީ މިރޭ ދަންވަރު 1:30 ގައި އެރަށު މަސްޖިދުލް މޫސާ އަލީ މިސްކިތުގަ އެވެ. އަދި މި ކަށު ނަމާދުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355