twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ޕީ.އެފް.އެން.އޭ-2 އުނަގަނޑުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި

Aug 30, 2019

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޕީ.އެފް.އެން.އޭ-2 (ޕްރޮކްސިމަލް ފެމޯރަލް ނެއިލް އެންޓިރޮޓޭޝަން) އުނަގަނޑުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފިއެވެ.

ބުދަ ދުވަހު ކުރެވުނު މިއޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޖުލައި 2018ގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ގުޅުނު، ކަށީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރ، ޑރ. ކަންނިރާޖް މަރިމުތު އެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކަށީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރު، ޑރ. ޑޭވިޑް މޮންޓެނެގްރޯ، ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

އުނަގަނޑުގައި ރެނދުލުން އާންމުވެފައިވަނީ އުމުރުން ދުވަސްވީ އަދި ކަށި މަޑު ބޭފުޅުންގެ މެދުގައެވެ. މިމައްސަލައިގެ ސަބަބުން ވަގުތުން ވަގުތަށް އޮޕަރޭޝަން ނުކުރެވޭނަމަ، ހިނގުމުގެ ފުރުސަތު ކުޑަވެއެވެ. އަދި އެނދުމަތިވުމާއި ގުޅިގެން ދުޅަވުމާއި އިންފެކްޝަން، އަދި އިތުރު މައްސަލަތަކަށް މަގުފަހިވެއެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭ ހާއްސަ އެކުއިޕްމެންޓްގެ ސަބަބުން މިފަދަ މައްސަލަތަކަށް އަވަސް ފަރުވާއެއް ދެވި، އެބޭފުޅުންނަށް އޮޕަރޭޝަންގެ އެއް ދުވަސް ފަހުން ހިނގާ އުޅުމަށް މަގުފަހިވޭ. އަދި އެއްވެސް އެހީއެއްނެތި ހިނގުމަށް އެއްމަސްފަހުން މަގުފަހިވޭ" ޑރ. ކަންނިރާޖް މަރިމުތު މިއޮޕަރޭޝަންއާއި މެދު މައުލޫމާތު ދިނެވެ.

މިއޮޕަރޭޝަންކޮށްފައިވަނީ 85 އަހަރުގެ ސްޕެއިންއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކަށް އަދި އެބޭފުޅާ މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުން ފިޒިއޯތެރަޕީ ފަރުވާ ހޯދަމުންދެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަމާޒަކީ ސިއްހީ ދާއިރާއިން ދިވެހިރާއްޖޭގައި ވީހާވެސް ގިނަ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355